ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ އަންހެނަކަށް، 20 އަހަރު ފަހުން އޭނާ އަކީ ފިރިހެނެއްކަން އެނގިއްޖެ އެވެ.
ރަންދާ ނަމަކަށް ކިޔާ އެ އަންހެން މީހާ މި ފަހުން ރިޔާދުގެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔައީ އަންހެން ވައްތަކަމުގެ ސިފަތައް އޭނާގެ ހަށިގަނޑުން ފެނުން ލަސްކަމުންނެވެ. މިހާރު އުމުރުން 20 އަހަރުގެ ރަންދާއަށް އޭނާ އަކީ ފިރިހެނެއްކަން އެނގުނީ ޑޮކްޓަރުގެ ލަފާގެ މަތިން ހެދި ޓެސްޓުތަކުންނެވެ.
ރަންދާ މީޑިއާގައި ބުނީ އެކަން އެނގުމުން އައިލާއިން ރިޔާދުގައި ހުންނަ އޭނާ އުފަންވި ސަރުކާރު ހޮސްޕިޓަލުން މައުލޫމާތު ހޯދި ކަމަށެވެ. އެ މައުލޫމާތުން އެނގުނު ގޮތުގައި އޭނާ އަކީ އަންހެނެއް ކަމަށް ވިއްސި ޑޮކްޓަރުން ނިންމީ، އުފެދުމުގައި ހުރި އައިބަކުން ޖިންސީ ގުނަވަން ހަށިގަނޑުގެ އެތެރޭގައި އިނުމުންނެވެ.
އެހެންވެ ޑޮކްޓަރުން ނިންމީ އެއީ އަންހެން ކުއްޖެއް ކަމަށް ކަމަށާއި އާއިލާއިން އެއީ އަންހެން ކުއްޖެއްގެ ގޮތުގައި ބަލައި އަންހެން ނަމެއްކީ، ޑޮކްޓަރުން އެގޮތަށް އޭރު ބުނުމުން ކަމަށްވެ އެވެ.
މި މައްސަލައިގަ އެ އާއިލާއިން ވަނީ ހޮސްޕިޓަލާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ސަރުކާރުގައި އެދިފައި އެވެ. އަދި ހޮސްޕިޓަލަށްވެސް އެ މައްސަލަ ހުށަހަޅާފައިވާައިރު ސައުދީ ސަރުކާރާއި އެ ހޮސްޕިޓަލުން އެކަމުގައި ޒިންމާނަގައި ޖަވާބު ދާރީވެފައި ނުވާ ކަމަށްވެ އެވެ.
އެ އަންހެން މީހާ މިފަހުން ދެއްކި ޑޮކްޓަރުން ލަފާދީފައިވަނީ އޮޕަރޭޝަންކޮށް ޖިންސީ ގުނަވަން ހަށިގަނޑުން ބޭރު ކުރުމަށެވެ. އެ އޮޕަރޭޝަން ކުރެވޭނީ އިނގިރޭސިވިލާތުން ކަމަށް ލަފާދީފައިވާތީ އެކަމަށް ތައްޔާރުވަމުންދާ ކަމަށް ރަންދާ ބުންޏެވެ.
މި މައްސަލައިގަ އާއިލާއިން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. އަދި ރަންދާ ބުނީ ލިބުނު ކުއްލި ހަބަރުން މީހުންގެ ތެރެއަށް ނުކުންނަން ނުކެރޭ ކަމަށާއި އޭނާގެ ރަހުމަތްތެރިންވެސް ގެއްލިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް