އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
މޭޔަރު މުހައްމަދު މުއިއްޒި ހިމެނޭ ގޮތަށް މާލެ ސޓީ ކައުންސިލްގެ19 މެމްބަރުން ސޮއި ކުރައްވާ ނެރެފައިވާ އެ ބަޔާނުގައި ވަނީ، ފަލަސްޠީނު ވުޖޫދުން ފުހެލުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް އެތައް އަނިޔާތަކެއް ލިބި، އެތައް ބަޔަކު ޝަހީދުވަމުން ދާ ކަމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވެ، ހިތާމަކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް މާލެ ސިޓީގެ އެންމެހާ ރައްޔިތުން ތިބިކަމަށާއި މާލެ ސިޓީގެ އެންމެހައި ރައްޔިތުން ތިބީ ފަލަސްޠީނާއެކުގައި ކަމަށެވެ.
https://twitter.com/MaleCitymv/status/1396160906812289029
ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އިސްރާއީލުން ހިންގަމުން ދަނީ ޓެރެރިޒަމްގެ އަމަލުތަކެއް ކަމަށާއި، އެކަމަކީ މާލެ ސިޓީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
" މިއީ ފަލަސްޠީނުގެ މުސްލިމުން ނައްތާލުމަށް އިޒުރޭލުން ރާވައިގެން ހިންގާ ޓެރަރިޒަމްގެ އަމަލަކަށް ވުމުން، މިކަމުގެ ސަބަބުން މާލެ ސިޓީގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންގެ ހިތްތަކުގައި ނުހަނު ކަަންބޮޑުވުން އުފެދިފައިވެއެވެ. އެހެންކަމުން މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ އިޒްރޭލުގެ އެއްވެސް ރައްޔިތަކު އުފައްދާ އަދި އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރުމަށް ދިވެހި ސަރުކާރަށް މާލެ ސިޓީ ކައުންސިލުން ގޮވާލަމެވެ." އެ ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް