ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު މިއޮތީ ކޮން ލެވެލްއެއްގަ ތޯ؟: ހީނާ

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު މިއޮތީ ކޮން ލެވެލްއެއްގަ ތޯ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ސުވާލު އުފައްދައިފިއެވެ. ރާއްޖޭގެ ސަރުކާރާއި ރައީސުލްޖުމްހޫރިއ...

22 May 2021 | 18:02

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު މިއޮތީ ކޮން ލެވެލްއެއްގަ ތޯ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ސުވާލު އުފައްދައިފިއެވެ.

ރާއްޖޭގެ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސް ޕަރސަން މުޙައްމަދު މަބްރޫކް އަޒީޒް އަދި އެޗްޕީއޭ ޓެގްކޮށް ހީނާ ވަނީ، ހުދު، އޮރެންޖް ނުވަތަ ރަތުން ލެވެލް ކުރާނަމަ ރާއްޖެ މިއޮތޯ މިހާރު ކޮން ލެވެލްއެއްގައި ތޯ ސުވާލު އުފައްދާފައެވެ.

" އެންމެ ވޯސްޓް ކަމަށް ބަލާނީ ކިހާ ހިސާބަކަށް ދިޔައީމަ ތޯ؟" ހީނާ ސުވާލު ކޮށްފައި ވެއެވެ.

https://twitter.com/HeenaWaleed/status/1396155346465419266

ރާއްޖޭގެ ކޮވިޑްގެ ހާލަތު ދުވަހަކު ދުވާ ވަރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައިވެސް އާއްމުންނަށް އޮޅުން ނުފިލާ މިފަދަ ކަންކަން އެބަ ހުއްޓެވެ. މި މަހަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑްގައި ނިޔާވެ، އެންމެ ގިނަ މީހުން ފައްސިވަމުންދާ މަހެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް ރާއްޖެއިން 1960 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދަދުތަކާއެކު، ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 54،365 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 22،421 އަށް އަރާފައެވެ. އެޑްމިޓް ކޮށްގެން ފަރުވާދޭމީހުންގެ އަދަދު 294 އަށް އަރާފައިވާއިރު ކޮވިޑުގައި ރާއްޖެއިން 123 މީހަކު ވަނީ މިއަދާއި ހަމައަށް ދުނިޔެ ދޫކޮށްފައެވެ.

ފިޔަވަޅުތައް ހަރުކަށިކޮށް، ފަރުދީ ޒިންމާވެސް ނެގުމަށް އެޗްޕީއޭއިން ބުނަމުން ދެއެވެ. ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރުވެސް ނަންބަރުތައް ދަށަކަށް ނުދެއެވެ. އަދި މިހާރުގެ ހާލަތުގެ 'ސީރިއަސް' މިންވރާމެދު ބައެއް މީހުން ސުވާލު އުފައްދައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް