މިއަދުވެސް ބޮޑު އަދަދެއް، ކޮވިޑަށް 1960 މީހަކު ޕޮޒިޓިވް

ކޮވިޑަށް އިތުރު 1960 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް ރާއްޖެއިން 1960 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގަ...

22 May 2021 | 17:03

ކޮވިޑަށް އިތުރު 1960 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް ރާއްޖެއިން 1960 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 1518 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވް ވި 431 މީހަކާއި އޮޕަރޭޝަނަލް ރިސޯޓްތަކުން ޕޮޒިޓިވް ވި 11 މީހެކެވެ.

މިއަދަދުތަކާއެކު، ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 54،365 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 22،421 އަށް އަރާފައެވެ. އެޑްމިޓް ކޮށްގެން ފަރުވާދޭމީހުންގެ އަދަދު 294 އަށް އަރާފައިވާއިރު ކޮވިޑުގައި ރާއްޖެއިން 123 މީހަކު ވަނީ މިއަދާއި ހަމައަށް ދުނިޔެ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް