ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ 8:25 ހާއިރު އެވެ.
އެމީހާ މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވި 123 ވަނަ މީހާ އެވެ. އަދި މިއަދު މި ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ.
މިއަދު ކުރިން މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކާއި 48 އަހަރުގެ ދިދވެހި ފިރިހެނެކެވެ. މިއަދު މަރުވި ތިން މީހުންނަށް ފަރުވާ ދެމުން ގޮސްފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއަދު ކޯވިޑްގައި މަރުވި އުމުރުން 59 އަހަރުގެ މީހާ އަކީ މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛް އަހުމަދު ޒަނީން އާދަމް އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 52،405 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 21،079 މީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.
ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 31،197 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް