މ. މުލައް މޮނޮޓަރިންގް އަށް ލައިފި

މުލަކަތޮޅު މުލައް މޮނިޓަރިންގް އަށް ލައިފިއެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މުލަކު ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށ...

22 May 2021 | 13:48

މުލަކަތޮޅު މުލައް މޮނިޓަރިންގް އަށް ލައިފިއެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މުލަކު ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އަދި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އޭޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު އެ ރަށަށް އެރުން މަނާކޮށްނ އެ ރަށް މޮނިޓަރިންގް އަށް ލާފައި ވާކަމަށް އެ ލިޔުމުގައި ވެއެވެ.

މުލަކަތޮޅު މުލައް މޮނިޓަރިންގްއަށް ލުމާއެކު، ރާއްޖގައި މޮނިޓަރިންގް އަށް ލާފައިވާ ރައްތަކުގެ އަދަދު މިވަނީ 68ށް އަރާފައެވެ. އެންމެ ފަހުން މޮނިޓަރިންގް އަށް ލާފައި ވަނީ ޅ.އޮޅުވެލިފުށި، ޝ.މިލަންދޫ އަދި މ. މުލިއެވެ. މި ތިން ރަށް މޮނިޓަރިންގް އަށް ލާފައި ވަނީ މި މަހުގެ20 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ،122 މީހުން މިބަލީގައި ނިޔާވެފައި ވެއެވެ. އަދި މިހާރު ރާއްޖޭގައި މިބައްޔަށް ފަރުވާ ކުރަމުންދާ21،079 މީހުން އެބަތިއްބެވެ.

މީގެ ތެރެއިން286 މީހުނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، މިހާތަނަށް ރާއްޖެއިން31،197 މީހުން މި ބަލިން ރަނގަޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް