ގާނޫނީ ވަކީލު އަލްއުސްތާޛް އަހުމަދު ޒަނީން އާދަމް ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ޒަނީން ވަނީ ކޮވިޑް-19 އަށް ފައްސިވެ، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަރުވާ ހޯއްދަވަން ފަށާފައެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި122 ވަނަ މީހާއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ޒަނީން ނިތާވީ އެޗްއެމްއެފް ގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ04:15 ހާއިރުއެވެ.
ޒަނީން ނިޔާވިއިރު، އުމުރުފުޅަކީ 59 އަހަރެވެ.
ޒަނީން އަކީ މިސްރުގެ އަޒްހަރު ޔުނިވަސިޓީން ތައުލީމް ހާސިލް ކުރެއްވި ބޭފުޅެކެވެ. އަދި ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮވިޑްގައި މިއަދު އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ނިޔާވެފައިވެއެވެ. އެމީހާ ނިޔާވީ މިއަދު މެންދުރު 12:02 ގައި އެވެ.
ނިޔާވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް