ހުޅުމާލެ އިމާރާތަކުން މީހަކު ވެއްޓި ވަރަށް ބޮޑަށް ޒަޚަމް ވެއްޖެ

ހުޅުމާލެ ސޭފްގޭޓް ފިހާރަހުންނަ އިމާރާތުގެ 2 ވަނަބުރިން ވެއްޓި ޒަހަމްވިމީހަކު ހުޅުމާލެހޮސްޕިޓަލަށް ގެންގޮސްފިއެވެ. 'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މީހަކު ވެއްޓިފައި ވަނީ ހުޅުމާލޭ...

22 May 2021 | 11:11

ހުޅުމާލެ ސޭފްގޭޓް ފިހާރަހުންނަ އިމާރާތުގެ 2 ވަނަބުރިން ވެއްޓި ޒަހަމްވިމީހަކު ހުޅުމާލެހޮސްޕިޓަލަށް ގެންގޮސްފިއެވެ.

'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މީހަކު ވެއްޓިފައި ވަނީ ހުޅުމާލޭގައި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ.

އެމީހާ ވެއްޓުނު އިރު ހުރީ އޭސީއެއް ހަރުކުރުމުގެ މަސައްކަތުގައި ކަމަށާއި، ބިއްމައްޗަށް ވެއްޓިފައި ވަނީ އޭސީގެ އައުޓްޑޯރ ޔުނިޓްއާއެކުގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދުގެ15:50 ހާއިރުކަމަށެވެ. އަދި އަނިޔާވިި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާ ކަމަށެވެ.

އިމާރާތެއްގެ މަތިން ވެއްޓި މިފަދަ އިތުރު ދެ ހާދިސާއެއް މިއަދު ހިނގާފައި ވެއެވެ. އެގޮތުން ރޭ ދަންވަރު

މާފަންނު އިތާ ގޯޅީގައި ހުންނަ އެންދެރި ކުރީގެ ފަސްވަނަ ފަންގިފިލާއިން ދިވެއްސަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ އިމާރާތުން ވެއްޓިފައިވަނީ އެ އިމާރާތުގައި ކުއްޔަށް އުޅޭ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ވެއްޓުނު ވަގުތަކީ، ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ކައިރީގައި ފޯރިމަރާ ސިފައިންގެ ޑިއުޓީ ބަދަލުވި ވަގުތު ކަމުން، ހަމަ އެވަގުތު އޭނާ ނަގައިގެން ސިފައިންގެ ވެހިކަލްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ރޭ މެންދަމު 3:00 ހާއިރު، ހުޅުމާލެ ނިރޮޅު މަގު ހަ ނަމްބަރު ގޯޅީގައި މީހަކު ވެއްޓިފައި އޮއްވާ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާ އެތަނުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭވެރިކަމެއް ނެތެވެ. ވެއްޓިފައި އޮއްވަ ފެނިފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އެކަމަކު ހާލަތާއި ގުޅޭގޮތުން އެއްޗެއް ނުބުނެ އެވެ.

މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް