އެފްއޭއެމް ބިލްޑިންގ ހުރި އިމާރާތުގައި ސިފައިން ހަދަމުންދާ ކޯވިޑް ފެސިލިޓީގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފި

އެފްއޭއެމް ބިލްޑިންގ ހުރި އިމާރާތުގައި ސިފައިން ހަދަމުންދާ ފްލޫ ކްނިލިކްގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. އެމްއެންޑީއެފް ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި ހަރަކާތް...

22 May 2021 | 09:11

އެފްއޭއެމް ބިލްޑިންގ ހުރި އިމާރާތުގައި ސިފައިން ހަދަމުންދާ ފްލޫ ކްނިލިކްގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމްއެންޑީއެފް ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ، އެމްއެންޑީއެފް ސަރވސް ކޯރގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މިލިޓަރީ އިންޖިނިއަރސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މި މަސައްކަތް ސިފައިންނަށް ހަވާލުކުރުމާ އެކު، ސިފައިން އެ މަސައްކަތް ފަށާފައިވަނީ 2021 މެއި 17 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ހުއްޓާނުލައި ސިފައިން މަސައްކަތްކުރަމުންދާއިރު، އެތަނުގެ ތެރޭގައި ކުރަންޖެހުނު މުހިންމު ބައެއް މަސައްކަތްތައް އަވަސްކަމާއެކު ދަނީ ކުރެވެމުންނެވެ. މިގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި، އެތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ކުލަލުމާއި އަދި، ކުރަންޖެހުނު ބައެއް ސިމެންތި މަސައްކަތްތައް ވެސް ސިފައިން ދަނީ ކުރަމުންނެވެ.

ސިފައިން ކުރަމުންދާ މި މަސައްކަތުގައި، ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުން ވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް