ބަންގާޅު ކަނޑުގައި ތޫފާނެއް އުފެދެނީ، އުފެދިއްޖެނަމަ ނަމަކީ ޔާސް

ބަންގާޅު ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތްކަމުގައި ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރު (އާރުއެސްއެމްސީ) އިން ބުނެފިއެވެ. އެގޮތުން އެ ސެން...

22 May 2021 | 08:47

ބަންގާޅު ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތްކަމުގައި ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރު (އާރުއެސްއެމްސީ) އިން ބުނެފިއެވެ.

އެގޮތުން އެ ސެންޓަރުން ބުނެފައިވަނީ، މޫސުމީ ސެޓަޕްތަކަށް ބަލައި ބޮޑަށް ބުރަވެވޭގޮތުން ނަމަ މިހާރު ބަންގާޅު ކަނޑުގައި އުފެދިފައިވާ ލޯ ޕްރެޝަރު، ހޯމަ ދުވަހު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެއަށްފަހު 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށް ބުނެފައިވެއެވެ.

ބަންގާޅު ކަނޑުގައި ހުރި މި ކޮޅިގަނޑުގެ މިސްރާބު ހުރީ އިންޑިއާގެ ވެސްޓް ބެންގާލާއި އޮޑީޝާގެ އުތުރުގެ އައްސޭރިއަށެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ މި ތޫފާނުގެ ނަމަކަށް ދޭނީ "ޔާސް" އެވެ. މިއީ އޮމާނުން ދޭ ނަމެކެވެ. މާނައަކީ ހުވަނދުމަލެވެ. މި ތޫފާން ވެގެންދާނީ މި އަހަރުގެ ދެވަނަ ތޫފާނަށެވެ. މި ތޫފާނަކަށްފަހު ދެން އުފެދޭ ތޫފާނަކަށް ކިޔާނީ، ތޫފާން "ގުލާބު" އެވެ. އެއީ ޕާކިސްތާނުން ދޭ ނަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް