ކޯވިޑްގައި 48 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ

ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު 12:02 ގައި އެވެ. މަރުވި އިރު ފ...

22 May 2021 | 08:13

ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު 12:02 ގައި އެވެ.

މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 121 ވަނަ މީހާ އެވެ. އިއްޔެ ކޯވިޑް ޖެހިގެން ހަތަރު މީހަކު މަރުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 52،405 މީހުން ޕޮސިޓިވްވެފައިވެ އެވެ.

އޭގެ ތެރެއިން 21،079 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. ބަލިން ރަނގަޅުވެފައި ވަނީ 31،197 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް