ހެލްތު އިމަޖެންސީން އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މަސައްކަތްކުރާ ފްރަންޓްލައިން ވޯކަރުންނަށް އެކަމަޑޭޝަން ހޯދަން އިއުލާނުކޮށްފިއެވެ.
އެގޮތުން ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 މޭ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 31 މޭ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވާކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 ޖޫން 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައިކަމަށެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެކަމުގައިވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 31 މޭ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދޭކަމަށާއި އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވާކަމަށެވެ.
އެޗްއީއޯސީގެ ފްރަންޓްލައިން ވޯކަރުންނަށް އެކަމަޑޭޝަން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާރު ވަނީ ވަރަށް ގޯސްވެފައެވެ.
ޕޮޒިޓިވް ވާ އަދަދު ކޮންމެ ދުވަހަކު ހާހުން މަތީގައި އުޅޭއިރު، ދުވާލަކު ހަތަރު ފަސް މީހަކު މި ކުޑަކުޑަ ދިވެހިރާއްޖެއިން ކޮވިޑުގައި އަޅުގަނޑުމެންނާ އެބަ އަލްވަދާއު ކިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް