ކޮވިޑަށް ފައްސި ދެމީހަކު، ކޯވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފިއެވެ.
ފުލުހުން ބުނެފައި ވަނީ، ފިލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް މައްސަލައެއްގައި ގެންދިޔަ ދެމީހަކު ކަމަށެވެ. އެކަމަކު އެމީހުން ފިލާފައިވަނީ ފުލުހުންގެ ބަންދުން ދޫކޮށްލި އިރު ކޮވިޑަށް ޕޮސިޓިވްވެފައިވާތީ އެޗްޕީއޭ އާއި ހަވާލު ކުރިފަހުން ކަމަށެވެ.
ފުލުހުން ބުނީ އެ ދެމީހުން ފެސިލިޓީއަށް ގެންދަނިކޮށް ފިލިކަމުގެ މައުލޫމާތު އެޗްޕީއޭއިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
މިހަދިސާ ރޭ ހިނގުމުން ރޭ ސޯޝަލް މީޑިއާގައި ފުރަތަމަ އަޑު ފެތުރުނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަގު ކޮވިޑް ފެސިިޓީއަށް ގެންދަނިކޮށް ފިލާފައިވާ ކަމަށް ބުނެ އެވެ. އެކަމަކު އެ ރިޕޯޓުތައް ދޮގު ކުރައްވާ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ގައިދީއަކު ފިލާފައި ނުވާ ކަމަށެވެ.
https://twitter.com/ahumadhumohamed/status/1395955370066022402
ފުލުހުން ބުނީ ފެސިލިޓިއަށް ގެންދަނިކޮށް ރޭ ފިލި ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް