ކޮއްކޮއަށް އަނިޔާއެއްދޭން ބައްޕަ އުޅެފާނެ ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށް އީސަގެ ދޮށީ ދަރި މުޙައްމަދު ޖިދާދު އަޙްމަދު އީސާ ބުނެފިއެވެ.
ޖިދާދު ބުނެފައި ވަނީ އުމުރުން މިވީހާ ދުވަހެއް ވީއިރުވެސް (އީސަ) ބާރަށް އެއްޗެކޭވެސް ބުނީ މަދު ފަހަރެއްގައި ކަމަށެވެ. އަދި ދުވަހަކުވެސް ނުރުހިފައި އައިސް ބާރަށް އަތުގައިވެސް ހިފާފައި ނުވާ ކަމަށެވެ. ޖިދާދު އާ އެއްބަފާ ކޮއްކޮ ލޫޠްއަށް އަނިޔާއެއްދޭން އީސަ އުޅެފާނެ ކަމަށް ދިރި ހުރިހާ ހިނދަކު ޤަބޫލުއް ނުކުރެވޭނެ ކަމަށް ޖިދާދު ބުނެފައި ވެއެވެ.
" އަޅުގަނޑަކީ ބޭރުަގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. މިދިޔަ 3 ވަރަކަށް އަހަރު ދިރިއުޅެމުން އައީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ކޮވިޑު ހާލަތާ ގުޅިގެން ރާއްޖެ އައިސް ދިިރިއުޅެމުން މިގެންދަނީ ބައްޕައާއި ލޫތު ކޮއްކޮއާއި އަސޫ ދައްތައާ އެކު އެއްގޭގަ" ހާދިސާ އެންގެ ކައިރިން ދެކެފައިވާކަމަށް ބުނަމުން ޖިދާދު ފާހަގަކުރިއެވެ.
ޖިދާދު ބުނީ އީސަ އާއި އަސްރާ ދުވަސްކޮޅެއް ކުރިން ވަރިވެފައިވާކަން، އީސަގެ ފަރާތުން އެނގިފައިވާ ކަމަށެވެ. ނަމަވެސް ކޮއްކޮއަކީ ތުއްތު ކުއްޖެއް ކަމުން ދެފަރާތުގެ 'އަންޑަރސްޓޭންޑިން'އެއްގެ ދަށުން އެއްގޭގައި އުޅެން ނިންމާފައި ވަނީ ކަމަށް ޖިދާދު ފާހަގަކުރިއެވެ.
"ކަން ސީދާ ހިނގާ ދިޔަ ދުވަހުވެސް ވަރަށް ގާތުން ހުރިހާކަމެއްވެސް ދެކުނިން. ނަމަވެސް މައްސަލަ އަކީ ބަލަމުން އަންނަ މައްސަލައަކަށް ވުމުން ކަންހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ދެއްކުން އެއީ އެހާ ރަނގަޅުކަމެއް ކަމުގައި ނުދެކެން. އެހެނަސް ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށްވެސް ހުތުރު އަދި ދޮގު ތުހުމަތެއްކަން ޔަޤީންކޮށް ބުނެދެން." ޖިދާދު ބުނެފައިވެއެވެ.
މި މައްސަލަ އަކީ ސީރިއަސް ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅަފައިވާ މައްސަލައެއް ކަމަށްވުމުން 3 ފަހަރެއްގެ މަތިން ފުލުހުންވަނީ ތަހުޤީގަށް އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދާދިނުމަށް އެދި ޕީޖީއަށް ހުށައަޅާފައި ކަމަށް ޖިދާދު ފާހަގަކުރިއެވެ.
ނަމަވެސް ކޯޓު އަމުރެއް ހޯދަން ހުށަހަޅަން ޕީޖީން ވަނީ ދެކޮޅު ހަދާފައެވެ. 4 ވަނަ ފަހަރު ޕީޖީއަށް ފުލުހުން ހުށައެޅީ ކުރީގެ ހުށައެޅުން ބަދަލުކޮށް ހެކިނައްތާލަން އީސަ މަސައްކަތް ކުރާކަމުގެ ތުހުމަތުގަ ހައްޔަރު ކޮށްދިނުމަށް އެދިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ރޭގެ ވަގުތެއްގައި ހައްޔަރު ކުރަން އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށްވަނީ ނިންމާފައެވެ.
ޖިދާދު ފާހަގަކުރި ގޮތުގައި ހައްޔަރުކުރަން އަމުރު ނުދިނީ މައިގަނޑު ހަތަރު ސަބަބަކަށް ބާލާފައެވެ. އެއީ މީހާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތްކަމަށް ފެންނަން ނެތުމާއި ލިބިފައި ވާ އަނިޔާގެ މައްޗަށް ހުށަހަޅާފައިވާ ހެކި ތަކަށް ބިނާކޮށް، އަދި ހެކި ނައްތާލަން އުޅޭ ކަމަށް ނުފެނުމުގެ އިތުރުން، އަނިޔާގެ ވެށީން އެކަމަށް ހެކިދޭ ހެއްކެއް ލިބިފައި ނުވުމުންނެވެ.
ވޭތުވެދިޔަ 72 ގަޑިއިރު ތެރޭގައި ފަާހަގަ ކުރެވުނު ކަމަކީ ސިޔާސީ މަދު ބޭފުޅަކު ފިޔަވާ އެންމެންވެސް އީސައާ ދެކޮޅަށް ހުރިކަން ސޯޝަލް މީޑިއާގައި ހާމަކޮއްފާވާކަމަށާއި އެހެންކަމުން ނުފޫޒު ފޯރުވާ ކަމަށް ދެކުންވެސް އެއީ ކުށްހީ އެއްކަމަށް ޖިދާދު ބުނެއެވެ.
އޭނާ ފާހަގަކުރި ގޮތުގައި ދެންހުރީ އަދަދު ނުކުރެވޭހައިވެސް ގިނަ ދޮގު ތުހުމަތެވެ.
އީސަ މަސްތުގެ ހާލުގައި އަނިޔާ ކުރިކަމަށް ބުނާ ބުނުން :
ޖިދާދު ބުނ، އީސަ އާއި އަސްރާއާ ދެމެދު ހަމަނުޖެހުން ހިނގިކަމަށް ބުނާ ރޭ އީސަގެ އޮފީހުގައި ވިޔަފާރީގެ ކަމެއްގައި ޖިދާދު އީސަ އާއި އިތުރު 8 މީހަކާއެކު އުޅުމަށްފަހު ގެއަށް ދިއައީ 12ގެ ފަހުން ކަމަށެވެ. އަދި އީސަ ހުރީ މަސްތުގެ ހާލުގައި ނޫންކަން މި އެންމެން ހެކިވާނެ ކަމަށް ޖިދާދު ބުނެއެވެ. އަދި މީގެއިތުރުން މިއީ އެފަރާތުގެ ބަޔާނެއްގައިވެސް އަދި ސޯޝަލް މީޑިއާގައި ވެސް ދައްކާފައިވާ ވާހަކައެއް ނޫން ކަމަށް ޖިދާދު ބުނެއެވެ.
އަތް ބިންދާލިކަމަށް ބުނާ ބުނުން :
" ޖެހިގެން އައި ދުވަހު ސޯޝަލް މީޑިއާގައި އަސޫ ދައްތަގެ ބަޔާން ދިނުމަށްފަހު ޕޮލިސް ސްޓޭޝަން އިން ނިކުތް އިރު ނަގާފައި ވާ ފޮޓޯތަކާއި ވީޑިއޯ ތަކުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް" ޖިދާދު ބުނެފައިވެއެވެ.
ލޫތު ބެލްކަނިން ވައްޓާލަން އުޅޭތަން ފެނިފައި ވާ ކަމަށް ބުނުން:
ޖިދާދު ބުނީ މި ސްޓޭޓްމަންޓް ވަނީ އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ބަދަލު ކޮށްފައި ކަމަށެވެ. އެގޮތުން ފުރަތަމަ ބުނީ ލޫތު އެއްލާލަން އުޅުނީ ކަމަށާއި ދެން ބުނީ ލޫތު ގޮވާގެން ފުންމާލަން އުޅުނީ ކަމަށެވެ. އޭގެފަހުން، ލޫތު ބެލްކަނިން ބޭރަށް ނެރެގެން ވައްޓާލާނެ ކަމުގެ ބިރު ދެއްކީކަމަށް އަޑުފެތުރުނު ކަމަށެވެ. މިވަރަށް މިވާހަކަ ބަދަލުވަމުން އައި އައުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ޖިދާދު ފާހަގަކުރިއެެވެ.
ކުރިންވެސް އަނިޔާކުރާ ކަމަށް ބުނުން:
" އަޙްމަދު އީސަ އަކީ އެހާ އަނިޔާވެރި ބައްޕައެއް ނަމަ ކައިވެނި ރޫޅުމަށްފަހުވެސް ބައްޕައާ އެކު އެއްގޭގައި ދިރި އުޅޭނެތޯއެވެ؟ އަދި އަޅުގަނޑަށް ނުފެނި އެކަހަލަ ކަމެއް ހިނގާފާނެތޯއެވެ؟ އަދި ދައްތަގެ އާއިލާ މީހުން ކައިރީ ނުބުނެ ހުރެދާނެކަމަށް ތިބޭފުޅުން ޤަބޫލު ކުރައްވަނީ ތޯއެވެ؟ ނުވަތަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަނާޅާ ހުރެދާނެ ކަމަށް ތި ބޭފުޅުން ޤަބޫލުފުޅު ކުރައްވަނީ ތޯއެވެ؟" ޖިދާދު ސުވާލުކޮށްފައި ވެއެވެ.
ޖިދާދު ބުނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ގިނަ ޚަބަރު ތަކަކީ 'ދައްތަ' (އަސްރާ) މީޑިޔާއަށް ދީފައިވާ މައުލޫމާތުތަކެއްވެސް ނޫން ކަމަށެވެ.
ނަމަވެސް ކަމުގެ ދެކޮޅު ނުބަލާ، އަދި މައްސަލަ ރައްދުވާފަރާތުގެ ބަހެއްވެސް އަޑު ނާހާ މީހެއްގެ އަބުރު ކަތިލާން ކުރެވެނީ ވަރަށް ބޮޑު ކުށެއް ކަމުގައި ދެކޭކަމަށެވެ. އަދި ހަމަ މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދެއް ކަމުގައި ވަނީނަމަ، ރާއްޖޭގައި ކުއްވެރިއެއް ނޫނީ ނޫޅޭނެ ކަމަށް ޖިދާދު ބުނެފައިވެއެވެ.
މިހާ ހިސާބަށް އައި އިރުވެސް، އީސަގެ ފަރާތުން ބަހެއް ބުނެފައި ނުވަނީ، އެންމެ ހަޤު ދަރިފުޅުގެ ހައްޤުގައި ކަމަށް ޖިދާދު ފާހަގަކުރިއެވެ. އެ ކުއްޖާގެ ކަރާމާތަށް ޤެއްލުމެއް ދޭން ބޭނުން ނުވާ ހާލު، އެ ކުއްޖާގެ މަންމަގެ ޢިއްޒަތާ އަބުރައް އަރައިގަންނަން ބޭނުން ނުވާތީ އާއި އެއީ ބައްޕައަކަށް އަދާ ކުރެވޭނެ އެންމެ މަތީ ހައްޤު ކަމަށް ޖިދާދު ބުނެއެވެ.
" އެކަމަށްޓަކައި ދަރިއެއްގެ ހައިސިއްޔަތުން ބައްޕައާ ދޭތެރޭ ފަޚުރުވެރި ވޭ. ލޫތުއަކީ އަޅުގަނޑާ އެއް ލޭ. ލޫތުއަށް ދެރައެއް ނުވަތަ އަނިޔާއެއް ލިބޭކަށް ލޫތުގެ ދޮންބެއެއް ނޭދޭނެ. ލިބުނަކަ ނުވެސް ދޭނަން. ލޫތުއަށް ލިބޭ ކޮންމެ ގެއްލުމަކީ އަޅުގަނޑަށްވެސް ލިބޭނެ ގެއްލުމެއް. ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑަށްވެސް ލިބޭނެ އުފަލެއް" އެއްބަފާ ކޮއްކޮ ލޫތުއާއެމު ޖިދާދު ބުނެފައިވެއެވެ.
ޖިދާދު އެދިފައިވަނީ ހާދިސާ ހަމަ ލޮލުން ނުފެންނަ މީހަކު ނަމަ، ނުދަންނަ މީހަކު ލިޔެލާ ކޮންމެ ޕޯސްޓެއް ޖަޒުބާތުގައި ޖެހި އަޕްލޯޑު ނުކުރުމަށެވެ. އޭގެން ގެއްލުންވާނީ ކޮން ކޮން ބަޔަކަށް ކަންވެސް އެހެންމީހުންނަށް އަންދާޒާވެސް ނުކުރެވޭނެ ކަމަށް ޖިދާދު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް