އެންދެރި ކުރީގެ ފަސްވަނަ ފަންގިފިލާއިން ދިވެއްސަކު ވެއްޓި ޒަހަމްވެއްޖެ

މާފަންނު އިތާ ގޯޅީގައި ހުންނަ އެންދެރި ކުރީގެ ފަސްވަނަ ފަންގިފިލާއިން ދިވެއްސަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ. ދުވަހަށް އެނގިފައިވާގޮތުގައި އެ އިމާރާތުން ވެއްޓިފައިވަނީ އެ އިމާރާތުގައި ކުއްޔަ...

21 May 2021 | 21:06

މާފަންނު އިތާ ގޯޅީގައި ހުންނަ އެންދެރި ކުރީގެ ފަސްވަނަ ފަންގިފިލާއިން ދިވެއްސަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ އިމާރާތުން ވެއްޓިފައިވަނީ އެ އިމާރާތުގައި ކުއްޔަށް އުޅޭ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ވެއްޓުނު ވަގުތަކީ، ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ކައިރީގައި ފޯރިމަރާ ސިފައިންގެ ޑިއުޓީ ބަދަލުވި ވަގުތު ކަމުން، ހަމަ އެވަގުތު އޭނާ ނަގައިގެން ސިފައިންގެ ވެހިކަލްގައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އެންދެރި ކުރި، މި ގެއަކީ ރައީސް މައުމޫން ދިރިއުޅުއްވާ ގެއާއި ޖެހިގެން މޫކައި ސޫޓްސްއާއިވީކޮޅަށް ހުންނަ ގެއެވެ.

ފުލުހުން ބުނެފައިވަނީ މާލޭ އިތާގޯޅީގައި ވެއްޓިފައި އޮތް މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުން އަންނަ ކަމަށެވެ.

"އެމީހާ ވެއްޓިފައި އޮތް ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްެތެރިވަމުން، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 01:00 އެހާކަންހާއިރު" ފުލުހުން ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް