މާލެ ސިޓީގެ ފެނާއި ކަރަންޓްބިލަށް ލުޔެއް ދޭން މުއިއްޒު ގޮވާލައްވައިފި

މާލެ ސިޓީގެ ފެނާއި ކަރަންޓްބިލަށް ލުޔެއް ދޭން، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވުމާއި އެކު ޑރ. މުއިއްޒު ވަނީ މަގާމާއި ހަވާލުވެވަޑައ...

21 May 2021 | 19:11

މާލެ ސިޓީގެ ފެނާއި ކަރަންޓްބިލަށް ލުޔެއް ދޭން، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވުމާއި އެކު ޑރ. މުއިއްޒު ވަނީ މަގާމާއި ހަވާލުވެވަޑައިގެން މާލޭގެ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހުވާކުރެއްވުމާއި އެކު މުއިއްޒު ގެންދަވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވާ ހާލަތު ބަލައި ދިމާވެފައިވާ މައްސަލަ ބައްލަވަމުންނެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކާފިއު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަށް ގޮވާލައްވާ ކަމަށެވެ.

https://twitter.com/MMuizzu/status/1395788495692701700

އެންމެފަހުން ފެނާއި ކަރަންޓުގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ އަހަރުގެ ކޯވިޑް-19 ގެ ލޮކްޑައުނާއި ގުޅިގެންނެވެ. މިދިޔަ އަހަރުގެ މާޗް، އެޕްރިލް އަދި މެއި މަހުގެ ފެނާއި ކަރަންޓު ބިލުގެ 40 ޕަސެންޓު ސަރުކާރުން ވަނީ ސަބްސިޑީގެ ގޮތުގައި ދައްކައި ދީފަ އެވެ.

އަދި ޖެހިގެން އައި ޖޫން މަހު އާދަޔާ ހިލާފަށް ކަރަންޓު ބިލުތައް ބޮޑުވުމުން ސްޓެލްކޯ އާއި ފެނަކައިން ވަނީ އެމަހުވެސް40 ޕަސެންޓު ކަރަންޓު ބިލުން އުނިކޮށްފަ އެވެ.

ކަރަންޓު ބިލުން 40 ޕަސެންޓު އުނިކުރަން އެފަހަރު ނިންމީ، އަތޮޅު ތެރެއާއި މޭލޭގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުކަމުގެ ޝަކުވާ އާންމުން ކުރަން ފެށުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް