ޑރ. މަޖީދުގެ އާއިލާއަށް ރައީސް ޔާމީން ތައުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ރައީސްގެ ފަރާތްޕުޅުން މިކަން ހާމަކު...

22 May 2018 | 14:28

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ފަރާތްޕުޅުން މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގައި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑރ. މަޖީދު އަވަހާރަވި ޚަބަރު ރައީސް އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ. އެ ހިތާމައިގައި ބައިވެރިވެވަޑައިގެން ޑރ. މަޖީދުގެ އާއިލާ އަށް ރައީސް ޔާމީން ތައުޒިޔާ ވިދާޅުވި ކަމަށް މުއާޒްގެ ޓުވީޓުގައި ވެ އެވެ.

ރައީސް ވަނީ ޑރ މަޖީދަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ދުއާ ކުރައްވާފައި އެވެ.

https://twitter.com/SpokespersonMV/status/998862389050195968

ޑރ މަޖީދު އަވަހާރަވީ މިދިޔަ ހުކުރު ދުވަހު ޖެހުނު ސްޓްރޯކަކަށް ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު މެންދުރު 2:45 ހާއިރު އެވެ. އަވަހާރަވިއިރު، އޭނާގެ އަނބިކަނބަލަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ އިތުރުން ޑރ މަޖީދަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސް ވެސް މެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް