އިކޮނޮމިކް މިނިސްޓްރީން ރޯދަމަހާ ދިމާކޮށް ކުރިޔަށް ގެންދާ ބާޒާރުގައި އެންމެ އަގު ހެޔޮ ޕްރޮގްރާމްގައި މިއަދު އެންމެ އަގު ހެޔޮކޮށް އެއްޗެހި ވިއްކަން ހުރީ ޝޮޕް އެންޑް ސޭވް ފިހާރާގައި އެވެ.
އެ މިނިސްޓްރީން އާންމު ކޮށްފައިވާ އަގުތަކަށް ބަލާއިރު މިއަދު ފަސް ފިހާރައެއް ޕްރޮގްރާމްގައި ބައިވެރިވެފަ ވެއެވެ. އެއީ އެސްޓީއޯ، އެސް އެންޑް އޯ ކޯނާ، ސޯސަން މާޓު، ރެޑްވޭވް އަދި ޝޮޕް އެންޑް ސޭވް އެވެ.
އަނެއް ހަތަރު ފިހާރަ އާއި އަޅާ ބަލާއިރު ޝޮޕް އެންޑް ސޭވްގައި 69 ބާވަތެއް އަގުހެވެ. އަގު ހެޔޮ ބާވަތްތަކުގެ ތެރޭގައި، ކުކުޅު ބިސް، ބަށި، ފާން، ގެރިކިރު ދަޅު، ބާސްމަތީ ހަނޑޫ، ކަނަމަދު، ފުރުޓް ކޮކްޓެއިލް، އަލަނާސި ދަޅު، ބަޓަރު، ޗީޒް، އަލުވި، ފިޔާ، ކާށި، ކައްކާ ތެޔޮ ފަދަ އާންމުކޮށް ރޯދަ މަހު ބޭނުން ކުރާ ހުރިހާ ބާވަތެއް ހިމެނެ އެވެ.
އެހެން ފިހާރަތަކަށް ބަލާއިރު ރެޑްވޭވްގައި ރޯސިރަޕް އާއި ސައިފަތް އަގު ހެޔޮ އިރު، އެސް އެންޑް އޯ ކޯނާގައި ކެރެޓު އަގު ހެވެ. އަދި ސޯސަން މާޓުގައި ބަރަބޯ އާއި ކިއުކަމްބާ އަގުހެވެ.
އިކޮނޮމިކް މިނިސްޓްރީން 2014 ވަނަ އަހަރުގެ ރޯދަ މަހު ފެށި މި ޕްރޮގްރާމަށް މިއަހަރު ލިބެމުންދަނީ ވަރަށް ފިނި ތަރުހީބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް