މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ބެލްޖިއަމް އިން ނެގި 28 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުން ޖާގަ ނުދިނުމުން، ރޯމާގެ މެދުތެރެއަށް ކުޅޭ ނައިންގޯލާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފިއެވެ.
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވޯލްޑް ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު މަހު ކުޅުނު 2 މެޗަށް ނެގި ސްކޮޑުން ނައިންގޮލާން ބާކީ ކުރިއެވެ. އެހެނަސް އެއަށްފަހު އަނެއްކާ ވެސް މިދިޔަ ނޮވެމްބަރު މަހު ޖަޕާން އާއި މެކްސިކޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ނައިންގޯލާން އަށް ފުރުސަތު ދިނެވެ. އެހެންކަމުން މިއީ ފާއިތުވި 1 އަހަރު ތެރޭގައި ނައިންގޯލާން ބެލްޖިއަމް ސްކޮޑުން ބޭރުކޮށްލި 2 ވަނަ ފަހަރެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒް ވަނީ، ސްކޮޑުން ބާކީ ކުރުމުގެ ކުރިން ނައިންގޯލާން އާއެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވި ސަބަބު އޮޅުންފިލުވައިދީފައިވާނެ ކަމަށް ބުނެފައެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ނައިންގޯލާން ކުރި ޓްވީޓެއްގައި ބުނީ ގައުމީ ޓީމަށް ކުޅުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަބަދު ވެސް އޭނާ ކުރި ކަމަށާއި، މިއަދުން ފެށިގެން އޭނާއަކީ ޓީމުގެ ފުރަތަމަ ފޭން ކަމަށެވެ.
ފީފާ ވޯލްޑް ކަޕް 2018: ބެލްޖިއަމްގެ 28 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑް:
ގޯލްކީޕަރުން: ކޯއެން ކަސްޓީލްސް، ތިބައޯ ކޯޓުއާ، ސިމޮން މިންޔޮލޭ، މެޓްޒް ސެލްސް
ޑިފެންޑަރުން: ޓޮބީ އަލްޑަވެއިލްޑް، ޑާޑީކް ބޮޔަޓާ، ލޯރެންޓް ސީމަން، އެންޖެލެސް، ކްރިސްޓިއަން ކަބަސޭލޭ، ވިސެންޓް ކޮމްޕެނީ، ޖޯޑަން ލުކާކޫ، ތޯމަސް މުނިއޭ، ތޯމަސް ވަމައެލަން، ޖެން ވާޓޮންގެން
މިޑްފީލްޑަރުން: ޔަނިކް ކަރަސްކޯ، ކެވިން ޑި ބްރޭނާ، މޫސާ ޑެމްބެލޭ، ލިއަންޑާ ޑެންޑޮންކާ، މައުރާން ފެލައިނީ، އެޑެން ހަޒާޑް، ތޯގަން ހަޒާޑް، އަދްނާން ޔަނުޒާއީ، ޑްރީސް މާޓެންސް، ޔޫރީ ޓޯލިމެންސް، އެކްސެލް ވިޓްސެލް
ފޯވާޑުން: މިޝީ ބަޓްޝުއާއީ، ކްރިސްޓިއަން ބެންޓެކޭ، ރޮމެލޫ ލޫކާކޫ، ނަސޭރް ޔަޑްލީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް