އިރުފާން ހާންގެ ހާލު ރަނގަޅުވަނީ!

ބޮލީވުޑްގެ ބަތަލު އިރުފާން ހާންގެ ބަނޑަށް އާންމު ނޫން ކެންސަރު ބައްޔެއް ޖެހިގެން ފަރުވާ ހޯދާތާ މިހާރު ދެ މަސް ވަނީ އެވެ. ފަރުވާއަށް ފުރުމުގެ ކުރިން އޭނާގެ ބަލީގެ ހާލަތު ރަސްމީކޮށް އާންމު ކުރުމަށް ފަހު...

22 May 2018 | 00:25

ބޮލީވުޑްގެ ބަތަލު އިރުފާން ހާންގެ ބަނޑަށް އާންމު ނޫން ކެންސަރު ބައްޔެއް ޖެހިގެން ފަރުވާ ހޯދާތާ މިހާރު ދެ މަސް ވަނީ އެވެ.

ފަރުވާއަށް ފުރުމުގެ ކުރިން އޭނާގެ ބަލީގެ ހާލަތު ރަސްމީކޮށް އާންމު ކުރުމަށް ފަހު އޭގެ ފަހުން އިރުފާންގެ ހަބަރެއް ވެފައި ނުވާއިރު ކުއްލިއަކަށް މިވަނީ އިރުފާން ރަނގަޅުވަމުން އަންނަ ހަބަރު ފެތުރިފަ އެވެ. ފަރުވާއަށް ފުރުމުގެ ކުރިން އިރުފާން ކުޅެފައިވާ ފިލްމު "ކަރްވާން" ގެ ޑައިރެކްޓަރު އާކާޝް ކުރާނާ ބުނެފައިވަނީ ފިލްމުގެ ރިލީޒް ކުރުމުގެ ކުރިން ކުރިޔަށް ގެންދާ ޕްރޮމޯޝަނަލް ހަރަކާތްތަކުގައި އިރުފާން ބައިވެރިވާނެ ކަމަށެވެ.

އޭނާ ބުނީ އިރުފާންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާއަށް މައުލޫމާތު ދީފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް އިންޑިއާއަށް ދާނެ ކަމަށް އިރުފާން ބުނެފައިވާ ކަމަށެވެ.

އިރުފާންގެ ބަލީގެ ސަބަބުން އެންމެ ފަހުން ރިލީޒް ކުރި އޭނާގެ ފިލްމު "ބްލެކްމެއިލް" ގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ.

އިރުފާންގެ ބަލި ހާލަތު ހުރިގޮތުން މިހާރު އޭނާ ސޮއި ކޮށްފައިވާ ބައެއް ފިލްމުތަކުގެ ޝޫޓިންތައް ވަނީ މަޑު ޖައްސާލާފައި އެވެ. އޭގެ ތެރޭގައި ދިޕިކާ ޕަދުކޯން އާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމެއް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް