އެކުވެރި ޢަރަބި އިމަރާތުން މި ރޯދަމަހު 1.7 މިލިއަން ރޯދަވީއްލުން ހިލޭ ދެނީ

އެކުވެރި ޢަރަބި އިމަރާތުގެ ރައީސްގެ ޖަމިއްޔާ، ޙަލީފާ ބިން ޒައިދު ނަހްޔާން ފައުންޑޭޝަނާއި 542 ދެ އިމަރާތީ އާއިލާ ގުޅިގެން ހިންގާ ޙާއްޞަ އިފްތާރު ޕްރޮޖެކްޓެއްގެ ދަށުން މި ރޯދަމަހު 1.7 މިލިއަނަށްވުރެ ގިނ...

22 May 2017 | 15:06

އެކުވެރި ޢަރަބި އިމަރާތުގެ ރައީސްގެ ޖަމިއްޔާ، ޙަލީފާ ބިން ޒައިދު ނަހްޔާން ފައުންޑޭޝަނާއި 542 ދެ އިމަރާތީ އާއިލާ ގުޅިގެން ހިންގާ ޙާއްޞަ އިފްތާރު ޕްރޮޖެކްޓެއްގެ ދަށުން މި ރޯދަމަހު 1.7 މިލިއަނަށްވުރެ ގިނަ ރޯދަވީއްލުން އެ ޤައުމުގައި ހިލޭ ދިނުމަށް ނިންމައިފި އެވެ.

އެ ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނަރަލް މުޙައްމަދު ޙަޖީ އަލް ޚޫރީ ރޯދަމަހުގެ ތަހުނިޔާ އެންމެނަށް ފޮނުއްވަމުން ވިދަޅުވީ މި ޙާއްޞަ އިފްތާރު ޕްރޮޖެކްޓު ފާއިތުވެދިޔަ 10 އަހަރުވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ސްޕޮންސަރުންނާއެކު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޙޫރީ ވިދާޅުވީ މި މަސައްކަތުގައި 184 ކޯޑިނޭޓަރުންނާއި ސުޕަވައި×ޒަރުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. ޙޫރީ ވިދާޅުވީ ކާ އެއްޗެހި ތައްޔާރުކުރާ ފަރާތްތަކާއެކު 25 އަންހެން ކޯޑިނޭޓަރުން ހަރާކަތްތެރިވާނެއިރު ބާކީތިބި 159 ކޯޑިނޭޓަރުން ހާރަކާތްތެރިވާނީ ކާއެއްޗެހި ބެހުމުގަ އެވެ.

ކާއެއްޗެހި ތައްޔާރުކުރާނީ ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި ކެއްކުމަށް އެއްބަސްވެފައިވާ އާއިލާތަކުންނެވެ. ކާއެއްޗެހި ތައްޔާރުކުރާ އާއިލާތަކަށް އެހީތެރިވުމަށް ކޯޑިނޭޓަރުން ތިބޭނެކަމަށް ޙޫރީ ވިދާޅުވި އެވެ. ރޯދާ ވީއްލުމަށް ކާއެއްޗެހި ބަހައްޓާފައި ހުންނާނީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި އާއި މިސްކިތްތަކުގަ އެވެ.

މި ޕްރޮޖެކްޓަކީ އެ ޤައުމުގެ ރާއީސްއާއި، ޑެޕިއުޓީ މިނިސްޓަރު އަދި ޙަލީފާ ބިން ޒައިދު ނަހްޔާން ފައުންޑޭޝަންގެ ޗެއާމަން ޝެއިޚް މަންސޫރީ ބިން ޒައިދް އަލް ނަހްޔާން ގުޅިގެން ފެއްޓެވި ޕްރޮޖެކްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް