މި އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މި ރަސްމިއްޔާތުގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި ރަމަޟާން މަހުގެ ހަނދާއި ބެހޭގޮތުން ފަލަކީ ކޮމިޓީން ނިންމަވާ ނިންމެވުން މީޑިއާ މެދުވެރިކޮށް އާއްމުކޮށް ޢިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށޭނީ މީލާދީ ކަންޑަރުން މެއި 27 ވާ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް