ކޮޅުވެއްޓީގައި ތިބި މީހުން މަނަވަރުގައި މާލެ ގެންނަނީ

ގަދަ ވިއްސާރަޔާއި ޖެހިގެން ގެއްލުނު ކޮޅުވެއްޓި "މާރިޔާ-3" ތިބި މީހުން އިންޑިޔާ މަނަވަރުގައި މިހާރު މާލެ ގެނައުމަށް ދަތުރުފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ކޮޅުވެއްޓީގައި ތިބި މީހުން އިން...

22 May 2017 | 14:55

ގަދަ ވިއްސާރަޔާއި ޖެހިގެން ގެއްލުނު ކޮޅުވެއްޓި "މާރިޔާ-3" ތިބި މީހުން އިންޑިޔާ މަނަވަރުގައި މިހާރު މާލެ ގެނައުމަށް ދަތުރުފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ކޮޅުވެއްޓީގައި ތިބި މީހުން އިންޑިޔާ ސިފައިންގެ މަނަވަރަށް އެރުވުމަށްފަހު އެ މީހުން މާލެ ގެނައުމަށް ނިންމާފައިވަނީ، ކޮޅުވެއްޓީގެ ވެރިފަރާތުން ކޮޅުވެއްޓި ކަފުޖަހައިގެން މާލެ ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން މޫސުން އިތުރަށް ގޯސްވަމުން ދާތީކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެ އެވެ.

ކޮޅުވެއްޓި މިހާރު އޮތީ މާލޭގެ އިރު ދެކުނުން ދުއިސައްތަ ފަނަރަ ނޯޓިކަލް މޭލު ދުރުގަ އެވެ. އިންޑިޔާ މަނަވަރަށް މާލެ އާދެވޭނީ މާދަމާ ހެނދުނު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓީގެ ސަލާމަތީ ހުރިހާ ކަމެއް ފުރިހަމައަށް ހުރި ކަމަށާއި އެ އުޅަނދުގެ ކުރީކޮޅުގައި ހިއްލާލެވޭ ގޮތަށް އޮންނަ ރޭމްޕަށް ލިބުނު ގެއްލުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ކޮޅުވެއްޓިއަށް ލިބިފައިނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް