މެޑަމް ފަރާތްޕުޅުން އެމްއެމްސީއަށް މައްސަލަ ހުށަހަޅާފައި ނުވާނެ : ތަރުޖަމާނު

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފަތުމަތު އިބްރާހިމްގެ ފަރާތްޕުޅުން އެއްވެސް ނޫސްވެރިޔަކާއި އަދި މީޑިއާކާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބް...

22 May 2017 | 14:45

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފަތުމަތު އިބްރާހިމްގެ ފަރާތްޕުޅުން އެއްވެސް ނޫސްވެރިޔަކާއި އަދި މީޑިއާކާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ޢަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު މިހެން ވިދާޅުވީ ރައީސް އޮފީހުގެ ނަމުގައި ބޮޑެތި ބައެއް މީޑިއާތަކާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން އެކަން އެގޮތަށް ހިނގާފައިވޭތޯ ބެލުމަށްފަހުގައި އެވެ.

މުއާޒް ވިދާޅުވީ މެޑަމް ފަތުންގެ ފަރާތްޕުޅުން އެއްވެސް ނޫސްވެރިޔަކާއި އަދި މީޑިއާކާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި މީޑިއާތަކަށް ޙިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭކަން އެކަމަނާ ޤަބޫލުކުރައްވާ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.

ކުރިން މުއާޒު ކުރެއްވި ޓްވީޓެއްގައި ރައީސް އޮފީހުން އެފަދަ މައްސަލައެއް ހުށަހަޅާފައިވޭތޯ ބަލަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އޮފީހުގެ ނަމުގައި އެއްވެސް ނޫސްވެރިޔަކާއި އަދި މީޑިއާއަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށާއި އެކަން އެމްއެމްސީއަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުން އެ މައްސަލަ ހުށަހަޅާފައިވަނީ މެޑަމް ފާތުންގެ އަބުރުފުޅަށް އުނިކަމެއް އަންނަފަދަ ރިޕޯޓްތަކެއް ޝާއިއުކޮށްފައިވާ ބުނެ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސާގެ ނަމުގަ އެވެ. އެ މަގާމުގައި ކުރިން ހުންނެވި އަލީ ޙާލިދު މިހާރު ވަނީ އެ މަޤާމުން ވަކިކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް