ބަދުއަޚުލާޤީ މައްސަލައެއްގައި ގއ.ދާންދޫ އިސްލާމް ކިޔަވާދެއްވާ މުދައްރިސަކު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދާންދޫ ސްކޫލުގައި އިސްލާމް ކިޔަވައި ދެއްވާ އިމްރާން އަބްދުﷲ އެވެ.
ފުލުހުން ވެސް ވަނީ ބަދުއަހުލާގީ މައްސަލައެއްގެ ތަހުގީގަށް ދާންދޫއިން މީހަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ތަފްސީލް ދެވެން ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުދައްރިސް ހައްޔަރުކޮށްފައިވަނީ ފިރިހެން ދަރިވަރަކާއި އޭނާ ބަދުއަޚުލާޤީ ވާހަކަތަކެއް ދައްކާފައިވާ ޗެޓް ލޮގްތަކެއްގެ މައްސަލައިގައެވެ.
މި މުދައްރިސް އެ ރަށު ސްކޫލުގައި އިސްލާމް މާއްދާ ކިޔަވައިދޭތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް