އިންސްޓޯލްމެންޓް ޕްލޭން އާއެކު އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އަދި އެސް 8 ޕްލަސް ވިއްކަން ފަށައިފި

ސްމާޓް ފޯނަށް ލޯބިކުރައްވާ ބޭފުޅުންނަށް ޚާއްސަކޮށް، ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ ބައްލަވައިގަތުމަށް، ވަރަށް ހާއްސަ ޕެކޭޖްތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ. ސެމްސަންގ...

22 May 2017 | 04:41

ސްމާޓް ފޯނަށް ލޯބިކުރައްވާ ބޭފުޅުންނަށް ޚާއްސަކޮށް، ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ ބައްލަވައިގަތުމަށް، ވަރަށް ހާއްސަ ޕެކޭޖްތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

ސެމްސަންގްގެ އެންމެފަހުގެ ސްމާޓްފޯނާއި އެކު، 36 ޖީބީގެ ހިލޭ ޑޭޓާގެ އިތުރުން ހިލޭ ކޯލް ލިބިގެންދާ ދެ ޕެކޭޖް ހިމެނެއެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ  ލިބިގެންދާނޭ ކަމުގައި އުރީދޫއިން ހާމަކުރެ އެވެ.

މަހުންމަހަށް ފައިސާދައްކާ ޕްލޭން.

މަހަކު އެންމެ 900 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ. މި ޕްލޭން ޚާއްސަކުރެވިފައިވާ، އެންމެ 2،000 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ  ހިލޭ ލިބިގެންދާނޭކަމުގައިވެސް އުރީދޫއިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް