ވިއްސާރައިގާ މާލޭ ގެއެއްގެ ފުރާޅު ހަލާކުވުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ހ.ސޯސަން ނީޑްގޭ ފުރާޅުމައްޗަށް ޖެހިގެން ހުރި އިމާރާތުން ގަލާއި ކުނި ފައިބާ އެގޭގެ ފުރާޅު ހަލާކުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިނ...

21 May 2017 | 19:23

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ހ.ސޯސަން ނީޑްގޭ ފުރާޅުމައްޗަށް ޖެހިގެން ހުރި އިމާރާތުން ގަލާއި ކުނި ފައިބާ އެގޭގެ ފުރާޅު ހަލާކުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު މިރޭ 18:37 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން އެސަރަހަށްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ.

"ހ.ސޯސަންނީޑް ގޭގެ ފުރާޅުމައްޗަށް ފައިބާފައިވަނީ ޖެހިގެން ހުރި ހ.ސޯސަން ފްލާވާ ގޭގެ އިމާރާތުގައި ހުރި ކުނިތަކާއި ގަލެވެ. ހ.ސޯސަން ފްލާވާ ގެއަކީ ކުރިން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އަދި އެހާދިސާއަށްފަހު ސާފުނުކޮށްހުރި ގެއެކެވެ." އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ހ.ސޯސަން ފްލާވާ ގެއަށް ގޮސް އެގެ ސާފުކޮށް ނިންމާލާފައި ވަނީ މިރޭ 21:00 ހާއިރު ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް މިހާދިސާގައި ހ.ސޯސަންނީޑް ގޭގެ ފުރާޅުގެ ފޫ ގޮސް ފެންފައިބާ އެގޭގައި ގެންގުޅޭ ބައެއް އިލެކްޓްރޯނިކް ތަކެއްޗަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް