ކުއްތާތަށް ބޭނުންކޮށްގެން ލ.އަތޮޅުގައި ބޮޑު އޮޕަރޭޝަނެއް ފުލުހުން ފަށައިފި

މަސްތުވާތަކެއްޗާއި ބަނގުރާ ހޯދައި އެތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވައި އެތަކެތި ޢާއްމު ފަރާތްތަކަށް ލިބުން ހުރަސްއެޅުމަށް ފުލުހުން ހިންގާ ޚާއްޞަ މަސައްކަތުގެ ތެރެއިން ލ. އަތޮޅުގައި ފާރަ ބޭނުންކޮށްގެނ...

22 May 2015 | 12:40

މަސްތުވާތަކެއްޗާއި ބަނގުރާ ހޯދައި އެތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވައި އެތަކެތި ޢާއްމު ފަރާތްތަކަށް ލިބުން ހުރަސްއެޅުމަށް ފުލުހުން ހިންގާ ޚާއްޞަ މަސައްކަތުގެ ތެރެއިން ލ. އަތޮޅުގައި ފާރަ ބޭނުންކޮށްގެން ހިންގާ ބޮޑު އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ފާރަ ގެމަ އެކުލަވާލައި، ފާރަ ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގަން ފަށާފައިވާއިރު ލ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި މަސްތުވާ ތަކެތި ލިބެންހުރި ދޮރުތައް ބަންދުކުރުމަށް ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި ލ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންނާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންނާ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގުޅިގެން ހިންގާ މިއޮޕަރޭޝަން މިހާރު ވަނީ ލ. އަތޮޅުގައި ފަށާފައި ކަމަށެވެ.

ލ. އަތޮޅުގައި ހިންގާ މިއޮޕަރޭޝަންގައި ލ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށާއި ފަޅުރަށްތަކުގައި މި އޮޕަރޭޝަން ހިންގައި ކަނޑައެޅޭ ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ތަންތަންވެސް ބަލައިފާސްކޮށް ހެދުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިއޮޕަރޭޝަނަކީ ފާރަ ބޭނުންކޮށްގެން އަތޮޅުތެރޭގައި މިގޮތަށް ހިންގާ ފުރަތަމަ އޮޕަރޭޝަން ކަމަށާއި މަސްތުވާ ތަކެއްޗާ ބަނގުރަލުގެ އިތުރުން ލ. އަތޮޅުގައި ހިނގާ ޖިނާޢީ އެހެނިހެން ކުށްތައް ހުއްޓުވުމުގެ މަސައްކަތްވެސް މި އޮޕަރޭޝަންގައި ކުރިޔަށްދާނެކަމުގައި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ނޯތުވިންގުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް