ސްރީލަންކާގެ ކޮލޮމްބޯއާއި މާލެއާއި ދެމެދު ދަތުރުތައް 25 އޭޕްރީލްވާ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
މި ދަތުރުތައް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ކުރަން ނިންމާފައިވާއިރު ދަތުރުތައް ފަށާއިރު ދެކޮޅުގެ ޓިކެޓުގެ އަގަކީ ހަމަ އެންމެ 165 ޑޮލަރެވެ. ކޮންމެ ޕަސިންޖަރަކަށް 30 ކިލޯގެ ބަގެޖް އެލަވަންސް ލިބިގެންދާއިރު ހަމަ ކޮންމެ ދަތުރެއްގައިމެ މިންހެޔޮ، މީރު ކެއުމެއް ލިބިގެންދާނެކަމުގައި މޯލްޑިވިއަންއިން ބުނެއެވެ.
ދަތުރު ތާވަލު:
| ދުވަސް | މަންޒިލް | ފްލައިޓް ނަންބަރު | ފުރާ ގަޑި | ޖައްސާ ގަޑި | ފްލައިޓް މަރުކާ |
| ބުރާސްފަތި/ހޮނިހިރު | ކޮލޮމްބޯ-މާލެ | Q2-940 | 19:35 | 21:35 | 320 |
| ބުރާސްފަތި/ހޮނިހިރު | ކޮލޮމްބޯ-މާލެ | Q2-941 | 22:35 | 23:25 | 320 |
މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި އެ އެއާލައިންގައި ކޮލޮމްބޯއަށް ދަތުރުކުރާ ޕަސިންޖަރުންނަށް ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަން ލިބުމާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަނާއި ބޮޑީ މާސް އިންޑެކްސް ހިލޭ ބަލައިލެވުމާއި ޑައިޓީޝަނަކަށް ދެއްކުމާއި ޑެންޓަލް ޗެކަޕްގެ ފުރުސަތު ހިލޭ ލިބިގެންދާނެއެވެ. އަދި ލެބޯރެޓޮރީ ޓެސްޓްތަކުން 15 އިންސައްތަ އަދި އެކްސްރޭ ހިދުމަތުން ފަސް ޕަސެންޓް ޑިސްކައުންޓް އަދި ސްކްރީނިންގް ޕެކޭޖްތަކުން ހާއްސަ ޑިސްކައުންޓް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މޯލްޑިވިއަންގެ މި ދަތުރުތައް ތަޖުރިބާ ކޮށްލެއްވުމަށް ދަތުރުކުރުމަށް އެ އެއާލައިންގެ ވެބްސައިޓުންނާއި މޯބައިލްއ އެޕްލިކޭޝަން މެދުވެރިކޮށް އައި ޓިކެޓް އޭޖެންޓުންނާއި ވައިބަރ މެދުވެރިކޮށް މިހާރު ޓިކެޓު ބުކް ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް