ކުރީގެ ރައީސް ނަޝީދު ރައީސް ޑރ.މުޢިއްޒަށާއި ޕީއެންސީގެ މެމްބަރުން އަދި އިސް ވެރިންނަށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ނަޝީދު ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، "ވިހި ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީ ހޯދި ކާމިޔާބީއަށް،ޕާޓީގެ މެންބަރުންނާއި ،ރައީސް ޑރ.މުއިއްޒު އަދި ޕާޓިގެ އިސްވެރިންނަށް މަރުހަބާ" މިފަދައިންނެވެ.
އިއްޔެ ބޭއްވުނު މަޖިލިސް އިންތިހާބުގައި ޕީއެންސީއިން ވަނީ 70 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕާރ މެޖޯރިޓީ ނަގާފައެވެ.
ރައީސް ނަޝީދުގެ ޕާޓީ ކަމުގައިވާ ދަ ޑިމޮކްރެޓްސް އިންވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަކުރިއެވެ. އެހެން ނަމަވެސް އެ ޕާޓީގެ އެއްވެސް ކެޑިޑޭޓަކަށް ގޮނޑި ކާމިޔާބު ވެފައެއއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް