ހިގަމުން މިދާ 19 ވަނަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އިއްޔެ ބޭއްވުނު މަޖިލިސް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.
މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ޖާބިރު އެމް.ޑީ.ޕީ ޓިކެޓުގައި ވާދަކުރައްވާ، ޓިކެޓު ކަށަވަރު ކޮށްފައި ވަނިކޮށް އެ ޕާޓީއިން ވަނީ ޖާބިރު ވަކިކޮށްފައެވެ.
އެ ޕާޓީއިން މިގޮތަށް ނިންމާފައިވަނީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ޖާބިރު އަމަލުކުރައްވާތީ ކަމަށް ބުނެއެވެ. އެހެންކަމުން
މިފަހަރު އިންތިހާބުގައި ޖާބިރު ވާދަކުރައްވާފައިވަނީ އަމިއްލަގޮތުންނެވެ.
ކާށިދޫ ދާއިރާއަށް ޖުމްލަ ފަސް ކެނޑިޑޭޓުން ވާދަ ކުރައްވާފައި ވާއިރު، ގޮނޑި ކާމިޔާބު ކޮށްފައިވަނީ 59 އިންސަތައިން މުންތަޒިމްއެވެ. ޖާބިރުއަށް ލިބިފައިވަނީ އެންމެ 16 އިންސަތަ ވޯޓެވެ.
މުންތަޒިމް ވާދަ ކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް