ޕީއެންސީ ޚާއްސަ ޖަލްސާއެއް މިރޭ، ހަވާއެރުވުން ވެސް އޮންނާނެ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޚާއްސަ ޖަލްސާ އެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ. އެ ކޯލިޝަނުން ބުނީ "ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުޙަބާ' ގެ ނަމުގައި މިރޭ ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ. ...

22 Apr 2024 | 06:03

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޚާއްސަ ޖަލްސާ އެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެ ކޯލިޝަނުން ބުނީ "ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުޙަބާ' ގެ ނަމުގައި މިރޭ ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

މި ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގައި މިރޭ20:30 ގައި ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށް އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މި ޖަލްސާ އަށް ވީހާ ވެސް ގިނަ މީހުން ހާޒިރުވުމަކީ ވަރަށްބޮޑަށް އެދޭ ކަމެއް ކަމަށެވެ.

މި ޖަލްސާއަށް ފަހު ހަވާއެރުވުން ވެސް އޮންނާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެ ކޯލިޝަނުން ވަނީ ވަރަށްފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ. މީގެކުރިން މަޖިލިސް މެޖޯރިޓީ އެމްޑީޕީ އަށް އޮތް ނަމަވެސް އެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ސުޕަރ މެޖޯރިޓީ ނަގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް