މިހާތަނަށް އެންމެގިނައިން ކަރަންޓު ބޭނުންކުރި ދުވަހަކީ މިމަހުގެ 11 – އިގްތިސާދު ކުރައްވާ: އެމްޑީ ޝަރީފް

މި ހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަކީ ސްޓެލްކޯގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް ކަމުގައި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެއެވެ. އެމްޑ...

22 Apr 2023 | 15:49

މި ހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަކީ ސްޓެލްކޯގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް ކަމުގައި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެއެވެ.

އެމްޑީ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އެމްޑީ ވިދާޅުވެފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެކަނި މާލޭ އޭރިއާގައި 92.5 މެގަވޯޓް ކަރަންޓު ބޭނުންކުރި ކަމަށެވެ.

"ކުރިއަށް އޮތް ދެ ހަފްތާގައި އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑު" އެމްޑީ ވިދާޅުވެފައިވެއެވެ.

އެމްޑީ އިތުރަށް ވިދާޅުވެފައިވަނީ ސްޓެލްކޯގައި 120 މެގަވޯޓް އުފެއްދުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ކަރަންޓު އިގްތިސާދު ކުރެއްވުމަށް އެމްޑީ އިލްތިމާސް ކުރެއްވިއެވެ.

އެމްޑީ މިހެން ވިދާޅުވެފައިވާއިރު މިއަދު ސްޓެލްކޯއިންވެސް އެކަމަށް އިލްތިމާސްކޮށްފައިވެއެވެ.

https://twitter.com/ShareefRangondi/status/1649775956780015616

އެގޮތުން ސްޓެލްކޯއިން މިއަދު ބުނެފައިވަނީ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

"ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި  އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާރ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރަން." ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯގެ އެމްޑީ އަދި ސްޓެލްކޯއިން މިއަދު މިކަމަށް އިލްތިމާސްކޮށްފައިވާއިރު މެޓުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އިހްސާސް ކުރެވޭ ހޫނުމިން މިއަދު 42 ޑިގްރީ ސެލްސިއަސް ހުރަސްކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް