މި ދުވަސްވަރު ހޫނު ގަދަވެފައިވާތީ ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.
އެގޮތުން ސްޓެލްކޯއިން މިއަދު ބުނެފައިވަނީ މޫސުމާއިބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ހާއްސަކޮށް ފިނިކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕެރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނައިރު އިންވާޓާ އަށް އިސްކަން ދިނުމަށް އިލްތިމާސް ކުރަން" ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން މިކަމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައިވާއިރު މެޓުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މާލެ ސަރަހައްދުގައި އިހްސާސް ކުރެވޭ ހޫނުމިން މިއަދު ވަނީ 42 ޑިގްރީ ސެލްސިއަސް އަށް މަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް