ކުމުންދޫ ނެރުމައްޗަށް ފެރީއެއް އަރައި އެކި ވަރުގެ ގެއްލުން ވެއްޖެ

ހދ. ކުމުންދޫ ނެރުމައްޗަށް ފެރީއެއް އަރައި އޭގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާވެއްޖެ ކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ. ކުމުންދޫ ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ދޯނި ނެރުމައްޗަށް އަރާފައިވާ މ...

22 Apr 2023 | 10:33

ހދ. ކުމުންދޫ ނެރުމައްޗަށް ފެރީއެއް އަރައި އޭގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާވެއްޖެ ކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ.

ކުމުންދޫ ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ދޯނި ނެރުމައްޗަށް އަރާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވަނީ، ކުމުންދޫއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ފެރީ ދޯނި "ކުރެނގި2″ އެރަށު ނެރުމައްޗަށް މިއަދު މެންދުރު 12:30 އެހާކަންހާއިރު އަރާފައިވާ ކަމަށެވެ.

އަދި މިހާދިސާގައި ދޯނީގައި ތިބި މީހުންނާއި މުދަލަށް އެކިވަރުގެ ގެއްލުން ވެފައިވާއިރު  ބައެއް މީހުންގެ މުދާ ގެއްލިފައިވާ ކަމަށްވެސް ކުމުންދޫ ކައުންސިލުން ބުނެއެވެ. ނަމަވެސް އެދޯނި ނެރުމައްޗަށް އެރި ސަބަބެއް އެކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި ދޯންޏަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައި ވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

މިހާދިސާ ހިނގާފައިވާއިރު، މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައަރާފާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް