ދިޔަވަރު ބޮޑުވާ ވަގުތު ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެންމެ އުތުރު އަތޮޅުތަކުގެ ރަށްތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ބުނެފައިވެއެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.
ކަނޑުތައް އާދައިގެވަރަމަށް މަޑުވާނެކަމަށް ބުނެފައިވާއިރު ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ. ރާޅު މިއަދު ހުންނާނީ ބާނި ރާޅުގެ ގޮތުގައި ކަންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް