ނ. ކެނދިކުޅުދޫގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ގޭދޮށު މަސް ފެކްޓަރީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކެނދިކުޅުދޫ ކައުންސިލްގެ ފަރާތުން ހަނދު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެގޮތުން މި މަސައްކަތް ހަނދު އިންވެސްޓްމެންޓާއި ހަވާލުކޮށްފައި ވަނީ ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުމަށް ޝަރުތުކޮށެވެ.
މިއީ 4.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކެނދިކުޅުދޫ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
އަދި މިއީ އެ ކައުންސިލުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢުއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ ފެބްރުއަރީ 2021 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް