ދުވަހުގެ ހޫނުމިން އެންމެ ގަދަވެގެންދާނީ މެންދުރު ދޭއްޖަހާ އެހާކަންހާއިރު ކަމުގައި މެޓުން ބުނެފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނު ގަދަ މަސް ކަމަށާއި މިދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހްސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެ ކަމަށެވެ.
"މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުވެސް މެ" މެޓުން ބުނެފައިވެއެވެ.
މެޓުން އިތުރަށް ބުނެފައިވަނީ އެ އޮފީހުގެ އާއްމު ވައިބަރ ގުރޫޕުގައި ކޮންމެ ދުވަހަކު 11:00 އާއި 14:00 އަދި 17:00ގައި ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން ދަނީ އާއްމުކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް