1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބުނު ޖުމްލަ 9,003,324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓް ތަކަށް ޖަމާކޮށްފި އެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 175485 (އެއްލައްކަ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ފަހެއް) މީހުން ކަމަށެވެ.
އަދި ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 މީހުންގެ ތެރެއިން، މާލެ ސިޓީން 1736 މީހުންނަށް، ބޮލަކަށް 3450 ރުފިޔާގެ ރޭޓުން ވަނީ 20 އެޕްރިލް 2023 ގައި އެފަރާތްތަކުގެ އެކައުންޓް ތަކަށް ޖަމާކޮށްފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު20 އެޕްރިލް 2023 (29 ރަމަޟާން 1444) ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 ކިލޯ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް 20 އެޕްރިލް 2023ގެ ނިޔަލަށް ވަނީ ބަހާ ނިންމާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް