ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ އުފަން ރަށަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު މީޑިއާތަަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރައްވައެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް މިއަދު ހިންނަވަރަށް ފުރާވަޑައިގެންފައިވާއިރު ނައިބުރައީސް ފައިސަލް ނަސީމްވެސް ރޭގައިވަނީ އެމަނިކުފާނު އުފަން ރަށް ކަމުގައިވާ ފުވައްމުލައް ސިޓީއަށް ރޭގައި ވަޑައިގެންފައެވެ. ނައިބުރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ މިރޭ އެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިހްޔާ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް