ލައިލަތުލް ޤަދްރިވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް އިސްލާމިކް މިނިސްޓަރު އިލްތިމާސް ކުރައްވައިފި

ރެއިން ފެށިގެން ލައިލަތުލް ޤަދްރިވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތްކުރެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެންމެހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފިއ...

22 Apr 2022 | 09:45

ރެއިން ފެށިގެން ލައިލަތުލް ޤަދްރިވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތްކުރެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެންމެހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ހަވީރު މިނިސްޓަރ ގެނެސްދެއްވާ ނަސޭޙަތުގެ ބަސްކޮޅުގައި އިއްޔެ ފަހު ދިހައާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ރަސޫލާ ﷺ ހަދީސް ކުރައްވަނީ ލައިލަތުލް ޤަދްރިވިލޭރޭ ހޯދުމަށްޓަކައި ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

އެގޮތުން މަސައްކަތުގައި އުޅޭއިރު ވަގުތު ހެޔޮގޮތުގައި ހިފިދާނެކަމަށާއި ގޭތެރޭގައި ނުވަތަ އޮފީހުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ދިޔުމުގައިވެސް ދުޢާކުރުމާއި ޒިކުރުކުރުމާއި ތަސްބީޙަކިއުން މަތީ ދެމިތިބެވޭނެކަމަށް ވިދާޅުވިއެވެ.

https://www.youtube.com/watch?v=Hk_56XXa9vg

ވީހާވެސް ގިނައިން މަސައްކަތްކުރަންޖެހޭނީ ހެޔޮއެއްޗެއް ކިޔެވޭތޯކަމަށާއި މިރޭ ހޯދުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާއިރު ވީހާވެސް ގިނައިން އަޅުކަމުގައި ވަގުތު ހޭދަކުރެވޭތޯ ބަލަން ޖެހޭކަމަށް ވިދާޅުވިއެވެ.

އަދި ރަސޫލާ ﷺ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް