ގާސިމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން: ނަޝީދު

މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ހާމަކޮށްފައި ވަނީ މ...

22 Apr 2017 | 09:50

މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ހާމަކޮށްފައި ވަނީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގަ އެވެ. ނަޝީދު ވިދާޅުވެފައިވަނީ ގާސިމް މިނިވަން ކުރުމަށް އެމަނިކުފާނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

މިވަގުތު ނަޝީދު ހުންނެވީ ސްރީލަންކާގައި ތިއްބަވާ ޑިޕްލޮމެޓުންނާއި ބައްދަލު ކުރެއްވުމަށް އެ ގައުމަށް ވަޑައިގެންނެވެ. ބެލެވޭ ގޮތުގައި މި ބައްދަލުވުންތަކުގައި ގާސިމް ހައްޔަރު ކުރުމާއި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.

https://twitter.com/MohamedNasheed/status/855651628984090624

ނަޝީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވި ބޭފުޅުންގެ ތެރެއިން ގާސިމަކީ އެންމެ ފުރަތަމަ ސޮއެ ކުރެއްވި 42 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅެއް ކަމަށެވެ. އަދި އެއީވެސް ގާސިމް އާއި އެކު އެމްޑީޕީ އާއި ރައީސް ނަޝީދު ހުންނެވި ސަބަބެއް ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/MohamedNasheed/status/855692659066781696

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޤާސިމްގެ ގެކޮޅުގައި ހުންނަވަނިކޮށް ކުއްލިއަކަށް ފުލުހުން ގޮސް ކޯޓު އަމުރެއް ދެއްކުމަށް ފަހު ހައްޔަރުކޮށްފައިވާއިރު މިފަދަ ޢަމަލުތަކަކީ ޤަބޫލުކުރެވޭނެ ކަންކަމެއް ނޫންކަމަށް ބުނެ އިދިކޮޅު ޕާޓީ ތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް