އަލިފާނުގެ ހާދިސާގައި ނިޔާވި ފެނަކަ މުވައްޒަފުގެ އާއިލާއަށް އިނާޔަތެއް ދެނީ

ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ޓެކްނީޝަން ނާޒިދު އަބްދުﷲގެ އާއިލާއަށް ސަރުކާރުން ހާއްސަ އިނާޔަތެއް ދިނުމަށް ނިންމައިފިއެވެ. އިއްޔެ ހުކުރު ވަގުތު އެ ރަށު އިންޖީނުގޭގައި ހި...

22 Apr 2017 | 09:36

ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ޓެކްނީޝަން ނާޒިދު އަބްދުﷲގެ އާއިލާއަށް ސަރުކާރުން ހާއްސަ އިނާޔަތެއް ދިނުމަށް ނިންމައިފިއެވެ.

އިއްޔެ ހުކުރު ވަގުތު އެ ރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނަޒީދު ނިޔާވެފައި އޮއްވާ ފެނުނީ އަލިފާން ކޮންޓްރޯލް ކުރެވުމުން އެތެރެއަށް ވަދެ ބެލި އިރު އިންޖީނުތައް ކައިރީގައި އެވެ. އޭނާގެ މުޅި ގައި އެ ހާދިސާގައި ވަނީ ފިހިފައި އެވެ.

ފިޔޯރީ ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ހާދިސާގައި މަރުވި މީހާގެ އާއިލާއަށް ހާއްސަ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އަދި އެ އާއިލާގެ މީހަކަށް ވަޒީފާއެއް ދޭން ނިންމަވާފައިވާ ކަމަށެވެ.

އުމުރުން 26 އަހަރުގެ ނަޒީދު އެ ހާދިސާ ހިނގި އިރު ޑިއުޓީގައި ހުރީ އެކަންޏެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް