ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) އިން "މާދަ އާތް ޑޭ" ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.
"ވޯކް ޓު ކްލީން" ގެ ނަމުގައި ހިންގި މިހަރަކާތަކީ އަމިއްލަ ފަރުދުން ކުރަންޖެހޭ ކަންތައްތައް ޕްރޮމޯޓު ކުރުމަށް ހިންގި ހަރަކާތެއް ކަމަށް ޖޭސީއައިގެ ކ. އަތޮޅުގެ ލޯކަމް ޕްރެޒިޑެންޓް މުޙައްމަދު މަތީން އަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ކަމެއްވެސް ފެށޭނީ އެއްމެ ފަރުދެއްގެ ސަބަބުންނެވެ. އެހެން ކަމުން ޖޭސީއައި އިން ބަލަނީ ގިނަބައެއްގެ ޒިންމާއަށްވުރެ ބޮޑަށް އަމިއްލަ ފަރުދުންގެ ޒިންމާ ޕްރޮމޯޓު ކުރުމަށެވެ.
"މި އިވެންޓުން އަޅުގަނޑުމެން ބޭނުންވަނީ މީހުންނަށް އެމީހުން ކުނި އެ އަޅަނީ އަމިއްލަ މަގުމައްޗަށް ކަން އަންގަދިނުމަށް! އަދި އަޅުގަނޑުމެން މިބަލަނީ މީގެ ސަބަބުން މަގުމައްޗަށް ކުނި އެޅުން މަދުވާނެ ކަމަށް." ޖޭސީއައި ގެ ލޯކަލް ޕްރެޒިޑެންޓް ހާމަކިރި އެވެ.
މި ފަދަ ކަންތައްތަކަކީ އެއްމެ ދުވަހަކުން އަސަރުތައް ފެނިގެންދާނެ ކަންތައްތަކެއް ނޫންކަމަށާއި އަދި މީގެ އިތުރު ހަރަކާތްތަށްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޖޭސީއައި ގެ ނޭޝަނަލް ވައިސް ޕްރެޒިޑެންޓް ވަނީ ބުނެފަ އެވެ.
ހެންވޭރު އާޓިފިޝަލް ބީޗުން ފެށިގެން ސޯސަން މަގާ ހަމައަށް މަގުމަތީގައި ހުންނަ ދަޅާއި ފުޅި ފަދަ ކުނިތައް ނެގުމަށް ބޭއްވި މިހަރަކާތް ނިމުނު އިރު 15 އަށް ވުރެ ގިނަ ޑަސްބިން ކޮތަޅުގެ ކުނި ނަގާފަ ވެއެވެ.
މި ހަރަކާތުގައި ޖޭސީއައި އާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއްވެސް ވަނީ ބައިވެރި ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް