އެސްޓީއޯ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަމީނީ މަގުގައި ހުންނަ އެސްޓީއޯ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން އާދަމް ވިދާޅުވީ އަލިފާން ރޯވީ އެސްޓީއޯ ކޮމްޕެލެކްސް ގައި ކަމަށެވ...

22 Apr 2017 | 06:32

އަމީނީ މަގުގައި ހުންނަ އެސްޓީއޯ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން އާދަމް ވިދާޅުވީ އަލިފާން ރޯވީ އެސްޓީއޯ ކޮމްޕެލެކްސް ގައި ކަމަށެވެ. އަދި މިހާރު ފަޔާ އެންޑް ރެސްކިއު ޓީމުން ގޮސް އަލިފާން ގަނޑު ނިއްވާލފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ އެ ގުދަނުގައި ހުރި ލަކުޑިތަކެއްގައި އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް