ގާސިމް ހައްޔަރު ކުރުމުން އައިޕިޔޫއިން ކަންބޮޑުވުން ފާޅުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމުން އިންޓާ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން އައިޕިޔޫއިން އިއްޔެ ކޮސްފައިވާ ޓ...

22 Apr 2017 | 06:22

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމުން އިންޓާ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން އައިޕިޔޫއިން އިއްޔެ ކޮސްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެ ޖަމިއްޔާއިން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އަމަލު ކުރުމަށް ވަނީ ގޮވާލާފައި އެވެ.

މީގެ އިތުރުން އެ ޓުވީޓުގައި ބުނެފައިވަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

https://twitter.com/IPUparliament/status/855376655312977921

ފުލުހުން އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ކުއްލިއަކަށް ގާސިމް ގޭގައި އުޅުއްވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް 42 މެންބަރުން ހަމަ ކުރުމަށް މެންބަރުންނަށް ރިޝްވަތުދޭން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށެވެ. އަދި ފަނޑިޔާރުންނާއި ދިފާއީބާރަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކޮށްފައިވާއިރު ގާނޫނީ ވެރިކަމެއް ވައްޓާލަން އުޅޭ ކަމުގެ ތުހުމަތު ގައި އެވެ.

އިއްޔެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ގާސިމްގެ ބަންދަށް 15 ދުވަސް ޖައިދީފައި އެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ގެންދަނީ ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް