އަދީބަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކައިފި އެވެ. އަދީބު ގެންދަވަނީ އޭނާގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް ދޫނިދޫ ޖަލުގައި ތަންފީޒު ކުރައްވ...

22 Apr 2017 | 05:05

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކައިފި އެވެ.

އަދީބު ގެންދަވަނީ އޭނާގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް ދޫނިދޫ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލު ކުރެއްވީ މިދިޔަ މަހުގެ ފަހު ކޮޅު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު މިއަދު އޭޑީކޭއަށް ގެނައީ ލޮލުގެ ފަރުވާ އަކަށެވެ. ހެނދުނު 7:30 ހާއިރު އަދީބު މާލެ ގެންނެވި އިރު ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ގިނަ އަދަދަކަށް ހަރަކާތްތެރިވެފައިވެ އެވެ.

އަދީބު މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މާބިންހުރާގެ ހިޔާނާތުގެ މައްސަލައާއި ރިޔާސީ ލޯންޗު ކޮޅުގައި ބޮން ގޮއްވި ހާދިސާގެ އިތުރުން ފިސްތޯލައެއް ގެންގުޅު ކަމުގެ ކުށް ސާބިތުވާ ކަމަށް  ކަނޑައަޅައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް