ދެކުނު އެފްރިކާގައި ބަހެއް އެކްސިޑެންޓުވެ 19 ކުދިން މަރުވެއްޖެ

ދެކުނު އެފްރިކާގެ ވެރިރަށް ޕްރިޓޯރިއާގައި ބަހަކާއި ޓުރަކެއްޖެހި ހިނގި ހާދިސާއެއްގައި ބަހުން ދަތުރުކުރި 19 ކުއްޖަކު މަރުވެއްޖެއެވެ. އެ ބަހުގައި ތިބީ ޕްރައިމަރީ އަދި ސެކަންޑަރީ ސުކޫލް އުމުރުފުރާގެ ކުދިނ...

22 Apr 2017 | 05:03

ދެކުނު އެފްރިކާގެ ވެރިރަށް ޕްރިޓޯރިއާގައި ބަހަކާއި ޓުރަކެއްޖެހި ހިނގި ހާދިސާއެއްގައި ބަހުން ދަތުރުކުރި 19 ކުއްޖަކު މަރުވެއްޖެއެވެ.

އެ ބަހުގައި ތިބީ ޕްރައިމަރީ އަދި ސެކަންޑަރީ ސުކޫލް އުމުރުފުރާގެ ކުދިންތަކެކެވެ. އެކުދިން މަރުވާން މެދުވެރިވީ ބަސް އެކްސިޑެންޓުވެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ. އަލިފާންގަނޑު ރޯވުމުގެ ކުރިން ސަލާމަތް ކުރެވިފައިވަނީ ހަތް ކުދިންނެވެ.

އެ އެކްސިޓެންޑް ހިނގަން މެދުވެރިވީ ބަސް ކޮންޓުރޯލުން ނައްޓިއިގެން ގޮސް ޓުރަކުގައި ޖެހިގެންކަމަށް އެ ޤައުމުގެ ސިފައިން މައުލޫމާތުދެއެވެ.

އެ ހާދިސާގައި ޓުރަކު ދުއްވަން އިން ޑްރައިވަރު ސަލާމަތްވި ނަމަވެސް، ބަސް ދުއްވަން އިން ޑުރައިވަރު ވަނީ މަރުވެފައެވެ.

ދެކުނު އެފްރިކާގައި މިފަދަ އެކްސިޑެންޓުތަކަކީ ވަރަށް އާންމު ކަމެކެވެ. ރިޕޯޓުތައް ބުނާގޮތުން މިދިޔަ އަހަރާ ބަލާއި އަޅާއިރު މިއަހަރުގެ މިހާތަނަށް ދެކުނު އެފްރިކާގައި ހިނގާފައިވާ އެކުސިޑެންޓުގެ އަދަދު ވަނީ 50 އިންސައްތަ އިތުރުވެފައެވެ.

(ބީބީސީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް