ވެނެޒުއޭލިއާގެ ވެރިރަށް ކަރަކަސްގެ ބޭކަރީއެއްގައި ހިނގި ލޫޓުވުމުގެ ހާދިސާއެއްގައި 10 މީހުން މަރުވެއްޖެއެވެ.
އެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން ދެ މީހުން މަރުވެފައިވަނީ ބަޑިން ޙަމަލާދިނުމުގެ ސަބަބުންނެވެ. ދެން މަރުވި އަށް މީހުން މަރުވެފައިވަނީ ހައި ވޮލްޓޭޖް ކަރަންޓް ކޭބަލެއްގެ މައްޗަށް އެރި ކަރަންޓު ޖެހިގެންނެވެ.
ލޫޓުވުމުގެ އެ ހާދިސާގެ ތުހުމަތު ވެނެޒުއޭލިއާގެ ކަމާބެހޭ ފާރާތްތަކުންވަނީ އެ ޤައުމުގެ ސަރުކާރާއި ދެކޮޅު ފަރާތްތަކުގެ މައްޗަށް ކޮށްފައެވެ.
އެ ހާދިސާ ހިނގާފައި މިވަނީ ވެނެޒުއޭލިއާގައި އެ ޤައުމުގެ ރައީސް މަޑުރޯގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ނިމުންތާ ދެ ދުވަސް ފަހުންނެވެ. މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ކުރި މުޒާހަރާތަކުގައި ތިން މީހަކު މަރުވެފައިވެއެވެ.
މުޒާހަރާގައި މަރުވި ތިން ބައިވެރިން ވީ ޤުރުބާނިގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ސުލްޙަވެރި މުޒާހަރާއަކަށް ނުކުތުމަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ ގޮވާލާފައެވެ.
(ބީބީސީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް