ސަންޖޭ ކައިވެނި ކުރިޔަސް ކަރިޝްމާ މީހަކާ އިންނާކަށް ނޫޅެ!

ބޮލީވުޑްގައި ކުރީގައި އެންމެ ފިޔަޖަހާލި އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ކަރިޝްމާ ކަޕޫރު ދެވަނަ ކައިވެންޏެއް ކުރަން ނޫޅޭ  ކަމަށް އޭނާގެ ބައްޕަ ކުރީގެ ތަރި ރަންދީރު ކަޕޫރު ބުނެފި އެވެ. ރަންދީބު މި ޖަވ...

22 Apr 2017 | 04:51

ބޮލީވުޑްގައި ކުރީގައި އެންމެ ފިޔަޖަހާލި އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ކަރިޝްމާ ކަޕޫރު ދެވަނަ ކައިވެންޏެއް ކުރަން ނޫޅޭ  ކަމަށް އޭނާގެ ބައްޕަ ކުރީގެ ތަރި ރަންދީރު ކަޕޫރު ބުނެފި އެވެ.

ރަންދީބު މި ޖަވާބު ދިނީ ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު އެހެން މީހަކާ ކައިވެނި ކުރުމުން އޭގެ އަސަރު ކަރިޝްމާއަށް ކުރޭތޯ އާއި އޭނާގެ މިހާރުގެ ލޯބިވެރިއާ އާއި ކައިވެނި ކުރުން ގާތްވެއްޖެތޯ ސުވާލު ކުރުމުންނެވެ ކަރިޝްމާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފާމަސޫޓިކަލް ކުންފުންޏެއް  ހިންގާ ސަންދީޕް ތޮޝްނިވާލް އާއި އެވެ.

ރަންދީބު ބުނީ އޭނާގެ ދަރިފުޅު ކުރީގެ ދިރިއުޅުމާއި އެ ހަނދާން ތަކާއި ދުރަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އާ ދިރިއުޅުމެއް ފަށާފައިވާ ކަމަށާއި އިތުރު ކައިވެންޏަކާއި ގުޅޭގޮތުން މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން ކައިރި މުސްތަގުބަލެއްގައި ކައިވެނި ކުރާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ބުންޏެވެ.

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ވަނީ މިމަހުގެ ތެރޭގައި ދެ ވަނަ ކައިވެންޏެއް ކޮށްފައި އެވެ. ސަންޖޭ އަކީ ދިއްލީގެ މަޝްހޫރު ވިޔަފާރިވެރި އެކެވެ.

ކަރިޝްމާގެ ކައިވެނީގެ ތާރީހު ނޭނގުނަސް ރިޕޯޓުތައް ބުނާގޮތުގައި އޭނާ އާއި ސަންދީޕްގެ ކައިވެނި ވަރަށް އަވަހަށް ކުރުން ދުރެއް ނޫނެވެ. އެއީ މިފަހަކަށް އައިސް ބާއްވާ އާއިލީ ހަފްލާތަކަށް ކަރިޝްމާ، ސަންދީޕް ގެންދާތީ އެވެ.

ސަންޖޭ އާއި ކަރިޝްމާގެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރު އެވެ. އެ ދެމީހުންގެ ދެ ދަރިން ތިބޭއިރު އެ ކުދިން ތިބެނީ ކަރިޝްމާ ކައިރީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް